މޯލްޑިވްސް ޕޮލިސް ސާވިސް

ހިޔާގެ ލިފްޓެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓުގެ އިމާރާތެއްގައި 14 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ޖިންސީ ގޯނާކޮށްފައި ވަނީ ހިޔާ ފްލެޓުގެ ލިފްޓެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެ އެވެ. މިކަން ހިނގާފައި ވަނީ ރޭ މެންދަމު 12:00 ހާއިރު އެވެ.

މި ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ރޭގެ ވަގުތެއްގައި ހުށަހެޅުމާ ގުޅިގެން ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވިޔަސް ފުލުހުން އަދި މިކަމުގައި އެއްވެސް އެއްޗެއް ނުބުނެ އެވެ.