މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދަރިވަރުންތަކަކަށް އަނިޔާކުރި ޓީޗަރެއް ސަސްޕެންޑުކޮށްފި

މ. އަތޮޅުގެ ސްކޫލެއްގައި ދަރިވަރުންތަކަކަށް އަނިޔާކުރި ޓީޗަރެއް ސަސްޕެންޑް ކޮށްފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ މ. އަތޮޅުގެ ސްކޫލެއްގައި ޓީޗަރަކު ދަރިވަރުންނަށް އަނިޔާކުރި އެ މިނިސްޓްރީއަށް ރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕްރޮޓޮކޯލްގެ ދަށުން ބަލަންޖެހޭ ކަންކަން ބަލަމުން. އެ ޓީޗަރު މިހާރު ވާނީ ސަސްޕެންޑު ކުރެވިފަ،" އަހުމަދު ވިދާޅުވި އެވެ.

މި މައްސަލައިގައި ސަސްޕެންޑު ކޮށްފައިވަނީ ބިދޭސީ ފިރިހެން ޓީޗަރެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ދަރިވަރުންތަކަކަށް އަނިޔާކުރި އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.