ރައްޔިތުންގެ މަޖިލިސް

ޖިންސީ ގޯނާ: އިދާރާތައް ހާޒިރުކުރި ކޮމިޓީ ސިއްރު

މީގެ ކުރިން ބޭއްވި ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއް: ޖިންސީ ގޯނާނެގެ މައްސަލަގައި އިދާރާތައް ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި
0%
0%
0%

ގަލޮޅު މަދަރުސާގެ ކުޑަކުއްޖަކަށް އެ ސްކޫލުގެ މަސައްކަތު މީހަކު ޖިންސީ ގޯނާ ކުރި މައްސަލައިގައި ޖެންޑާ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރި ބައްދަލުވުން ސިއްރުކޮށްފި އެވެ.

ސްކޫލްތަކުގެ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ހިނގަމުންދާތީ އެކަމާ ގުޅޭގޮތުން މިއަދުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ޖެންޑާ މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ އަދި ފުލުހުންގެ އިދާރާގެ ބޭފުޅުންނެވެ.

ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު އަދި ކޮމިޓީގެ ނައިބު މުގައްރިރު ހުސައިން ޒިޔާދު ވިދާޅުވީ އެއީ ކުޑަކުދިނާއި ގުޅޭ މައްސަލައަކަށް ވުމުން ކޮމިޓީން އެ މައްސަލަތައް ގެންދަނީ ސިއްރު ބައްދަލުވުންތަކުގައި ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ބައިވެރިވާ އެއްވެސް މެމްބަރަކު އިއުތިރާޒް ނުކުރާނަމަ ސިއްރު ކުރުމަށެވެ.

މިއަދުގެ ބައްދަލުވުމުން ސިއްރު ކުރުމަށް އެއްވެސް މެމްބަރަކު އިއުތިރާޒް ނުކުރުން ކޮމިޓީ ބައްދަލުވުން ސިއްރުކުރީ އެވެ.

ގަލޮޅު މަދަރުސާގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައިތަހުގީގު ހިނގާ ގޮތް ބެލުމަށްޓަކައި އެޗްއާރްސީއެމް އަދި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ލިޔުމުން ހިއުމަން ރައިޓްސް ކޮމިޓީން ވަނީ އަންގާފަ އެވެ.

ކުއްޖާއަށް ލިބުނު ޖިންސީ ގޯނާއާ ގޮލޮޅު މަދަރުސާގެ މަސައްކަތު މުވައްޒަފުންގެ ގޮތުގައި ހިމެނޭ ހުރިހާ މުވައްޒަފުން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ރޭގެ ވަގުތެއްގައި ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގެ 65 އަހަރުގެ އަންހެނެއް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345