މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން

ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީ މާއްޓޭ އިސްތިއުފާ ދެއްވައިފި

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހްމަދު (މާއްޓޭ) މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މާއްޓޭ އިސްތިއުފާގެ ސިޓީ ޕްރައިވެޓައިޒޭޝަން ބޯޑަށް ފޮނުއްވީ މިއަދުގެ ވަގުތެއްގައެވެ.

އިސްތިއުފާގެ ސިޓީގައި މަގާމުން ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް ބަޔާންކުރައްވާފައެއް ނުވެ އެވެ.

މާއްޓޭ މިއަދު މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާ ގެންދެވީ އެމްޑީޕީން ވަކިވެވަޑައިގެންނެވި އިސް ބޭފުޅުންތަކެއް އުފައްދާފައިވާ "ދަ ޑިމޮކްރެޓްސް"ގެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

ޑިމޮކްރެޓުންގެ "ފަސޭހަ ވިޔަފާރި" ސިޔާސަތު އިއުލާންކުރުމަށް މިއަދު ރާއްޖޭގެ 36 ރަށަކަށް ދިޔަ ޓީމުގެ ތެރޭގައިވެސް މާއްޓޭ ހިމެނެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މާއްޓޭ އައްޔަންކުރީ ޖުލައި، 2019 ގައެވެ.