އަހުމަދު ޒުހޫރު

އެޗްޑީސީގެ ޗެއާމަންގެ މަގާމުން ޒުހޫރު ވަކިކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން އަހްމަދު ޒުހޫރު އެ މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިރޭ މިކަން ޔަގީންކޮށްދިން ނަމަވެސް ޒުހޫރު މަގާމުން ވަކިކުރި ވަކި ސަބަބެއް ނުބުނެ އެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޒުހޫރު އައްޔަންކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ޒުހޫރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރުކަމާއި ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމާ އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. މީގެއިތުރުން ރައީސް ޔާމީން އުފެއްދެވި އިކޮނޮމިކް ކައުންސިލްގެ ޗެއާގެ މަގާމުވެސް ދުވަސްކޮޅަކު ފުރުއްވާފައިވެ އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ވަނީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު (ކުޑީ)ވެސް މަގާމުން ވަކިކޮށްފަ އެވެ.