ރައީސް މުހައްމަދު ނަޝީދު

ޑިމޮކްރެޓުންގެ ޕްރައިމަރީއަށް ޝައުގެއް ނެތް: ނަޝީދު

ކުނޫޒުގައި މިއަދު އޮތް މަޝްވަރާ ބައްދަލުވުމަށްފަހު ގާސިމް އިބްރާހީމްއާ އެކު ރައީސް މުހައްމަދު ނަޝީދު
0%
0%
0%

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ޝައުގުވެރިކަން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިކަން ހާމަކުރެއްވީ ޖުމްހޫރީ ޕާޓީގެ މައި އޮފީސް -- މ. ކުނޫޒުގައި މިއަދު ޖޭޕީއާއި، އެމްއެންޕީއާއި ދަ ޑިމޮކްރެޓްސްގެ އިސްވެރިން ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިވޭތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ ޝައުގު ނެތް ކަމަށެވެ.

ދަ ޑިމޮކްރެޓްސް އިން ގެންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނަމުންނެވެ. އަދި މިހަފްތާ ޕްރައިމަރީއަކަށް ހުޅުވާލެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް އެ ޕާޓީން ބުނެފައިވެ އެވެ.

ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް ފަހު ވަގުތު ވާނީ ރައީސް ނަޝީދު އެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

ޑިމޮކްރެޓުން ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށްޓަކައި އެ ޕާޓީގެ މެނިފެސްޓޯގައި ހިމެނޭ "ފަސޭހަ ވިޔަފާރި" ސިޔާސަތު އިއްޔެ ވަނީ 36 ރަށެއްގައި ލޯންޗްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910