ހަބަރު

މޮޅަދޫ ބަނދަރާއި ފެނަކަ އޮފީސް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ހއ. މޮޅަދުއަށް ވަޑައިގެން އެރަށުގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފި އެވެ.

މޮޅަދޫގައި ފުރަތަމަ ފަހަރަށް ތަރައްގީކުރި ބަނދަރު އިންޖީނުގެއާއި ފެނަކަ ރައީސް ސޯލިހް، ހުޅުއްވައިދެއްވީ މިއަދު ހަވީރު އެރަށުގައި އެކަންކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތު ގައެވެ.

މޮޅަދޫ ބަނދަރުގެ ދިގުމިނުގައި 645 ފޫޓު އަދި ފުޅާމިނުގައި 250 ފޫޓު ހުރެ އެވެ.

މޮޅަދޫގައި ހުޅުވި އިންޖީނުގެއަކީ އެރަށުގައި ކުރިން ހުރި އިންޖީނުގެއަށް ވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑުކޮށް ހަދާފައިވާ އިންޖީނުގެއެކެވެ. އަދި އޮފީސް އިމާރާތުގައި ކުރިން މަސައްކަތް ކުރުމަށް ހަތަރު މުވައްޒަފުންނަށް ތިބެވޭއިރު މިހާރު 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވެ އެވެ.