ވައި ނުސާފުވުމަކީ ދުނިޔޭގެ ގިނަ ގައުމުތަކަކަށް ކުރިމަތިވާ ކަމެކެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް މިލިއަން މީހުން މަރުވެ އެވެ.
އަލަށް ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި ކޮންމެ އަހަރަކުވެސް ވައި ނުސާފުވުމުގެ ސަބަބުން 5.5 މީހުން މަރުވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވަނީ ޗައިނާ އަދި އިންޑިއާ އިންނެވެ. މި ދެ ގައުމަކީ އެންމެ އާބާދީ ބޮޑު ދެ ގައުމެވެ.
މިދިޔަ ހުކުރު ދުވަހު އާއްމުކުރި މި ދިރާސާއިން ދައްކާ ގޮތުގައި ހަތަރުވަނަ އަށް އެންމެ ގިނަ މީހުން ވައި ނުސާފުވުމުގެ ސަބަބުން މަރުވާއިރު ޕްރިމެޗުއާރ ގެ ސަބަބުން މަރުތައް އިތުރުވަމުން އަންނަ ކަމަށް ދައްކަ އެވެ.
ވައި ނުސާފުވުމުގެ ސަބަބުން އެންމެ ގިނަ މީހުން މަރުވާ ކަމަށް ދިރާސާއިން ދައްކާއިރު، ދިރާސާ ބުނާ ގޮތުން ދެވަނައަށް އެންމެ ގިނަ މީހުން މަރުވަނީ ބޭނުންކުރެވޭ ޑައިޓުގެ ސަބަބުން، ލޭގެ ޕްރެޝަރު މަތިވެގެން އަދި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ސަބަބުންނެވެ.
ދެހާސް ތޭރަ ވަނަ އަހަރު ޗައިނާއިން 1.6 މިލިއަން މީހުން ވައި ނުސާފުވުމުގެ ސަބަބުން މަރުވެފައިވާއިރު ވައި ނުސާފުވުމުގެ ސަބަބުން އިންޑިއާއިން 1.4 މިލިއަން މީހުން މަރުވި އެވެ. އިންޑިއާ އަދި ޗައިނާގައި ވައި ތަގައްޔަރުވަނީ ކޯލް އަންދާތީ ކަމަށް މި ދިރާސާއިން ދައްކަ އެވެެ.