ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ޝަރީއަތް އަނެއްކާވެސް ކެންސަލް

ކުރީގެ ރައީސް ޔާމީން -- ފޮޓޯ: އަވަސް
0%
0%
0%

ރ. ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލްކުރި ޝަރީއަތްވެސް ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މިއަދުގެ ޝަރީއަތް ކެންސަލްކުރީ މި މައްސަލައިގައި ދައުވާކޮށްފައިވާ ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ދެ ވަކީލަކު އެހެން ކޯޓަކަށް ހާޒިރުވުމަށް އަންގާފައި އޮތުމުންނެވެ. އަދި އެ މަސަލަތައް މިއަދުގެ ޝަރީއަތް ބޭއްވުމަށް އޮތް ގަޑިއާ ފުށޫއަރާ ކަމަށް ބުނެ އެވެ.

ފުއްގިރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަންގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މއ. ކުރިކީލަހިޔާ, އަހުމަދު ކުރިކް ރިޒާގެ މައްޗަށެވެ.

ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް ކުރަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ކުރިކް ރިޒާގެ މައްޗަށްވެސް ދައުވާ އުފުލި ނަމަވެސް ދައުލަތުން ވަނީ އަނބުރާ ގެނެސްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910