އެމްއެމްއޭ

ފައިސާ ޗާޕުކުރެވޭ އަދަދު ދެ ބިލިއަނަށް ލިމިޓުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ -- ފޮޓޯ: އަވަސް
50%
0%
50%

މަރުކަޒީ ބޭންކު -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރާ އަދަދު ދެ ބިލިއަން ރުފިޔާއަށް ލިމިޓްކޮށްފި އެވެ.

ފައިސާ ޗާޕުކުރާ އަދަދު ލިމިޓުކޮށްފައިވާއިރު ސަރުކާރުން އެދިގެން އެމްއެމްއޭ އިން މިއަހަރުގެ މޭ މަހު 1.6 ބިލިއަން ރުފިޔާ އަދި މިދިޔަ ޖޫން މަހު 479 މިލިއަން ރުފިޔާ ދޫކުރި އެވެ.

މި ބަދަލު ގެނެސްފައިވާއިރު އެމްއެމްއޭ އަދި ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ޗާޕުކުރި ފައިސާގެ ތެރެއިން 4.2 ބިލިއަން ރުފިޔާ ވަނީ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކޮށްފަ އެވެ.

ބޮންޑުގެ ގޮތުގައި އެމްއެމްއޭއަށް 12.5 ބިލިއަން ރުފިޔާ ދައްކަންޖެހޭއިރު ބޮންޑު ދައްކަންޖެހެނީ 10 އަހަރު ފަހުންނެވެ.

ފައިސާ ޗާޕުކުރާ އަދަދު ލިމިޓުކޮށްފައިވާއިރު ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ހީނަރުކަން ކުރިމަތިވެ ދައުލަތް ހިންގުމަށްޓަކައި އޭރު ވަގުތުން ވަގުތަށް ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާތީ އެ ފައިސާ އޯވާޑްރޯ ކުރެވޭނެ ގޮތެއް ހެދުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދުނެވެ.

އެކަން ސަރުކާރުން ކުރީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑް ކުރުމަށް އޭޕްރީލް 2020 ގައި މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

އެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރި މުއްދަތު ފަހުން ވަނީ އިތުރުކޮށްފަ އެވެ. ސަރުކާރުން އެދިގެން އިތުރުކުރި އެ މުއްދަތު މިހާރު ހަމަވާނީ މިއަހަރުގެ ނިޔަލަށެެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910