އެމްއެމްއޭ

ޖުލައި ނިމުނުއިރު ރިޒާވް 395 މިލިއަަން ޑޮލަރަށް ވެއްޓިއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރުގެ ޖުލައި މަސް ނިމުނުއިރު 395.4 މިލިއަަން ޑޮލަރަށް ވެއްޓިއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި އޮގަސްޓް މަހުގެ އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވުގައި 509.2 މިލިއަން ޑޮލަރު ހުއްޓެވެ.

މި އަދަދު ޖުލައި މަހު 395.4 މިލިއަން ޑޮލަރުގައި ހުރިއިރު މިއީ ޖޫން މަސް ނިމުނުއިރު ރިޒާވްގައި ހުރި އަދަދަށްވުރެ 113.8 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހުވެސް ދަށަށް ގޮސްފަ އެވެ. ރަސްމީ ރިޒާވްގައި މިދިޔަ އަހަރުގެ ޖުލައި މަހު 594.1 މިލިއަން ޑޮލަރު ހުއްޓެވެ.

ރަސްމީ ރިޒާވް ޖުލައި މަހު ދަށަށް ގޮސްފައިވާއިރު ރާއްޖޭގައި ބޭނުންކުރެވޭ ރިޒާވް -- ޔޫޒަބަލް ރިޒާވް މިމަހު ހުސްވާނެ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިން ވަނީ ލަފާކޮށްފަ އެވެ.

https://avas.mv/143288

އެ އޮތޯރިޓީން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ވަނީ ޖުލައި 24 ވަނަ ދުވަހާ ހަމައަށް ހުރި ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 21.9 މިލިއަން ޑޮލަރު ކަމަށާއި އެ އަދަދު 17.6 މިލިއަން ޑޮލަރަށް ވެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އެމްއެމްއޭ އިން ފަހުން ވަނީ މިމަހުން ފެށިގެން ރިޒާވް ރަނގަޅު ވާނެ ކަމަށްވެސް ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910