ރިޒާވް

ފެބްރުއަރީ ނިމުނުއިރު ރިޒާވް އިތުރުވެއްޖެ

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

މި އަހަރުގެ ފެބްރުއަރީ މަސް ނިމުނުއިރު ރާއްޖޭގެ އޮފިޝަލް ރިޒާވް -- ރަސްމީ ރިޒާވް އާއި ޔޫޒަބަލް ރިޒާވް -- ބޭނުންކުރެވޭ ރިޒާވް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 179 މިލިއަން ޑޮލަރެވެ.

މިއީ މި އަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރި 116 މިލިއަން ޑޮލަރާ އަޅާބަލާއިރު 63 މިލިއަން ޑޮލަރު އިތުރުވުމެކެވެ.

ޔޫޒަބަލް ރިޒާވްގެ އިތުރުން އޮފިޝަލް ރިޒާވްވެސް ވަނީ މި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު އިތުރުވެފަ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހު އޮފިޝަލް ރިޒާވްގައި ހުރީ 708 މިލިއަން ޑޮލަރެވެ. ފެބްރުއަރީ ނިމުނުއިރު މި އަދަދު ވަނީ 832 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910