ޑރ. މުހައްމަދު ޖަމީލް އަހުމަދު

ރައީސް ޔާމީންގެ ވަކީލް ބައްދަލުވުމަށް ހުރަސްއަޅައިފި: ޖަމީލް

ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރައްވާ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު -- ފޮޓޯ: އަވަސް
0%
0%
0%

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުން އެމަނިކުފާނާ އެކު ބާއްވަން އޮތް ވަކީލުންގެ ބައްދަލުވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދެކޮޅު ހަދާފައިވާ ކަމަށް ޔާމީންގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ޔާމީނާއި ވަކީލުން ބައްދަލުވުމަށް ކަރެކްޝަންސް އިން ހުރަސް އަޅަނީ އެ މީހުންނަށް ގޯހެއް ހެދިފައިވާ ކަމަށެވެ.

"ތިޔަ ވަރަށް ރައީސް ޔާމީންގެ އަސާސީ ހައްގުތަކަށް އަރައުގަތުމުން އެނގެނީ ތިތިބީ ގޯސްހަދައިގެންކަން. މިއަދު ވަކީލުންގެ ބައްދަލުވުމަށް ޖަލު އޮފިސަރުން ގާނޫނުގެ ބޭރުން ހުރަސްއަޅައިފި. ވަކީލާ މުވައްކިލްގެ ދުސްތޫރީ ހައްގަކީ އިމްރާން ބޭނުންވާ މިންވަރަށް އޮންނަ އެއްޗެއްތޯ؟" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޓެގް ކުރައްވާ ކުރެއްވި ޓްވީޓްގައިވެ އެވެ.

ޖަމީލް ވިދާޅުވީ ކަރެކްޝަންސްގެ އޮފިސަރުންނަށް އަންގާފައި އޮތީ ވަކީލުން ގެންދާ ފައިލްތައް ބަލައި ހާވަން ކަމަށެވެ. ނަމަވެސް އެގޮތަށް އަންގާފައިވަނީ ކޮން ފަރާތަކުން ކަމެއް ޖަމީލް ވިދާޅުވެފައެއް ނުވެ އެވެ.

"ވަކީލުންގެ ބައްދަލުވުން ނުލިބުނު. ނޫނޭ ވާ ވަރަކަށް ބިރު ގަނެއްޖެ. ފައިލްތައް ބަލާ ހާވަން ޖަލު އޮފިސަރުންނަށް އޮތީ އަންގާފައި. ދުސްތޫރީ މައްސަލައިގެ ލިޔެކިޔުންތައް ބަލަން ފޯރިނަގާފައި ތިބީ. އަމާން ކަމެއް އެބައޮތްބާ؟" ޖަމީލް ވިދާޅުވެފައިވެ އެވެ.

ޑރ. ޖަމީލްގެ މި ވާހަކަތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ދޮގުކޮށްފަ އެވެ.

ކެރްކްޝަންސް އިން ބުނީ ރައީސް ޔާމީންގެ ވަކީލުންނަށް ހުރަސް އަޅާފައި ނުވާނެ ކަމަށާއި އަމަލުކުރީ މީގެކުރިންވެސް އަމަލުކުރަމުންދާ އުސޫލުން ކަމަށެވެ. އަދި ރައީސް ޔާމީންގެ ގާނޫނީ ޓީމުން ދައްކާ ވާހަކަތަކާ ގުޅިގެން ކަރެކްޝަންސް އިން އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށްވެސް ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910