މޯލްޑިވްސް ޕޮލިސް ސާވިސް

ހައިވޭގެ ލައިޓްތައް ނިވިފައިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މާލެއާއި ހުޅުމާލެ ހައިވޭގެ ލައިޓްތައް ނިވިފައިވާތީ ހައިވޭގައި ދަތުރުކުރާ މީހުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ލައިޓްތައް ނިމިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް ދިމާވި ވަކި މައްސަލައެއް ނުބުނެ އެވެ.

"މާލެއާއި ހުޅުމާލެ ހައިވޭގެ ލައިޓުތައް ނިވިފައިވާތީ އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވުމުގައި ރައްކާތެރިވުމަށް އިލްތިމާސްކުރަން،" ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

މާލެއާއި ހުޅުމާލެ ހައިވޭގެ ލައިޓްތައް ބަލަހައްޓަނީ އާބަންކޯ އިންނެވެ. އެ ކުންފުނީގެ ބަހެއް އަވަސް ލިބޭ ގޮތެއް ނުވި އެވެ.

ސިނަމާލެ ބްރިޖާއި ހައިވޭގެ ލައިޓްތައް މިފަހުން ގަވައިދުން ދިއްލާފައި ނުހުންނަކަން ވެސް ފާހަގަކުރެވެ އެވެ.