ރިޔާސީ އިންތިހާބު 2023

ރައީސްގެ އިންތިހާބީ އެޖެންޓަކަށް ނާޝިޒު

މުހައްމަދު ނާޝިޒް -- ފޮޓޯ: އަވަސް
0%
0%
0%

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓަކަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ހަމަޖައްސައިފި އެވެ.

މިދިޔަ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް ނާޝިޒް ވަނީ ރައީސް ސޯލިހުގެ ކެމްޕޭން މެނޭޖަރުކަން ކުރައްވާފަ އެވެ. ރައީސް ސޯލިހާއި, ނާޝިޒުގެ ކުށުގެ ރިކޯޑް ސާފުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލައްވާ ކޮންމެ ކެންޑިޑޭޓަކު އެ ބޭފުޅެއް އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެ ބޭފުޅެއްގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންޖެހެ އެވެ.

ރައީސްގެ ކެމްޕޭނު ދަތުރުތައް ފަށާފައިވާއިރު މިހާރު 30 ރަށަކަށް ރައީސް ވަނީ ދަތުރު ކުރައްވާފަ އެވެ. އެހެންނަމަވެސް ރައީސްގެ ރަނިންމޭޓަކީ ކޮން ބޭފުޅެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ރައީސްގެ ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަން މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ފާޅުކުރައްވާފަ އެވެ. ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ހުންނަވައިގެން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ފައިސަލް ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފަ އެވެ. އަދި މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން އެންމެ ގިނަ ދުވަހު ނައިބް ރައީސް ކަން ކުރެއްވެވި ބޭފުޅަކީވެސް ފައިސަލް ނަސީމު އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ. އަންނަ މަހުގެ ހަތެއްވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އެ ފުރުސަތު އޮންނާނެ އެވެ.

ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު 604 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ. ދެވަނަ ބުރެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910