އެމްއެމްއޭ

އެމްއެމްއޭ އިން ހުޅުމާލޭން ބިމެއް ގަނެފި

މޯލްޑިވްސް މަނިޓަރީ އޮތޮރިޓީ (އެމްއެމްއޭ)ގެ އާ އޮފީސް އިމާރާތް އެޅުމަށް ހުޅުމާލެ އިން ބިމެއް ގަނެފި އެވެ.

ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއްގައިވާ ގޮތުން އެމްއެމްއޭ އިން ގަނެފައިވަނީ 43،400 އަކަފޫޓުގެ ބިމެއް 210.9 މިލިއަން ރުފިޔާ އަށެވެ. މިއަގުން ބަލާނަމަ އެއީ އަކަފޫޓަކަށް 4،860 ރުފިޔާ އެވެ.

އެމްއެމްއޭ އިން ބިން ގަނެފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ސެންޓްރަލް ޕާކުގެ ހުޅަނގުންނެވެ.

އެމްއެމްއޭ އިން ބިމެއް ގަނެފައި މިވަނީ މާލޭގައި އެމްއެމްއޭގެ އިމާރާތް ހުންނަ ތަނަކީ ކާރޫބާރޫ ބޮޑު ތަނަކަށް ވެފައި ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ފަސޭހަ ސަރަހައްދެއްގައި ހުރި ތަނަކަށް އެކަމަށް ހައްލެއް ހޯދުމަށެވެ.

މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން މިހާރު ބޭނުންކުރާ އިމާރާތަކީ 2008 ވަނަ އަހަރު ހުޅުވި އިމާރާތެކެވެ.

އެމްއެމްއޭގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ ސިފައިންނެވެ.