ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބްގެ ބޭސް ފަރުވާގެ މުއްދަތު އިތުރުކޮށްދީފި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް -- ފޮޓޯ: އަވަސް
0%
0%
0%

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް، ސިންގަޕޫރުން ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު އަންނަ މަހު 28 އަށް ހަމައަށް އިތުރުކޮށްދީފި އެވެ.

ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ ބޭސް ފަރުވާ ކުރަން ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އަދީބް ހުށަހެޅުއްވުމާ ގުޅިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

އަދީބްގެ ޕާޓީ -- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރެއްގެ ލަފާގެ މަތިން ސިއްހީ ފަރުވާ ހޯއްދެވުމަށް އަދީބް ސިންގަޕޫރަށް ފުރާވަޑައިގަތީ ފުރާނައަށް ނުރައްކާވާ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުން 10 ދުވަހަށެވެ. އަދީބް ސިންގަޕޫރަށް ފުރާވަޑައިގަތީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

އަދީބަށް މީގެކުރިންވެސް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެ ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910