ހަބަރު

އެސްޓީއޯ ޗޮކްލެޓް ވީކްގެ ފަށައިފި! ވަރަށް އަގު ހެޔޮ

އެސްޓީއޯ އިން ޗޮކްލެޓްވީކްގެ ނަމުގައި މިއަހަރުވެސް ހާއްސަ ޕޮރޮޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ މިމަހުގެ 11 އިން 18އަށް ކުރިޔަށް ގެންދާ މިޕޮރޮމޯޝަންގައި ޗޮކްލެޓްގެ ތަފާތު ބްރޭންޑްތަކުން ވަރަށް ޚާއްސަ ޑިސްކައުންޓްތަކެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އަދި މިމުއްދަތުގައި -/200 ރުފިޔާއަށްވުރެ އިތުރަށް ޗޮކްލެޓްގެ ވިޔާފަރި ކުރައްވާ ފަރާތްތަކަށް ވަރަށް ޚާއްސަ އިނާމުތަކަކާއެކު ލަކީޑްރޯއެއް ކުރިޔަށް ގެންދާއިރު މިލަކީޑްރޯގެ ދަށުން 3 ފަރާތަކަށް ޗޮކޮލެޓްގެ ތަފާތު ވައްތަރުތައް ހިމެނޭގޮތަށް ގިފްޓްޕެކްތަކެއް ލިބިގެންދާނެއެވެ. 

ވަކި އައިޓަމްތަކަކަށް "ބައިވަން-ގެޓްވަން ފްރީ" ޕްރޮމޯޝަން ތަކެއްވެސް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައިވާިއރު ތަފާތު ވައްތަރުގެ ޗޮކުލެޓްގެ ރަހަ އަޖުމަބައްލަވައިލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ޕްރޮމޯޝަންގެ ތެރެއިން އެކި ގަޑި ތަކުގައި އެފުރުސަތުވެސް ހުޅުވައިލެވިފައިވާނެ ކަމަށް އެސްޓީއޯ އިން މައުލޫމަތު ދެ އެވެ.

މި ޕޮރޮމޯޝަންގައި ލިބެން ހުންނާނެ ޗޮކްލެޓްގެ ބްރޭންޑްތަކުގެ ތެރޭގައި ލިންޓް، ބައުންޓީ، ކެޑްބަރީ، ޓްވިކްސް، ސްނިކާރސް، މާރސް، ބަލްސަން، ގެލެކްސީ، ކިޓްކެޓް، ޓޮބްލެރޯން، ޖެމްސް އަދި ފެރޭރޯ ފަދަ އެތައް މަޝްޙޫރު ބްރޭންޑްތައް ހިމެނެއެވެ.