ދިރާގު

މިނިވަން ދުވަސް ފާހަގަކުރަން ދިރާގުން ހާއްސަ ޕްރޮމޯޝަނެއް

މިނިވަން ދުވަސް ފާހަގަކުރަން ދިރާގުން ތައާރަފްކުރި ހާއްސަ ޕްރޮމޯޝަންގެ ފޮޓޯ -- ފޮޓޯ: ދިރާގު
0%
0%
0%

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ހާއްސަ ޕްރޮމޯޝަނެއް އިއުލާނު ކޮށްފި އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް "މިނިވާ އުފާ އެޑް-އޮން" އެންމެ 99 ރުފިޔާއަށް އެކްޓިވޭޓް ކޮށްލައިގެން އަންލިމިޓެޑް މޯބައިލް ޑޭޓާ 24 ގަޑިއިރަށް ލިބޭނެ އެވެ.

މީގެ އިތުރުން ގޭގައި ތިބެގެން ސްޓްރީމްކޮށް މުނިފޫހިފިލުވުމުގައި މި ޗުއްޓީ ހޭދަކުރާ ކަސްޓަމަރުންނަށް ފައިބަ ބްރޯޑްބޭންޑް ބޫސްޓާތައް އެކްޓިވޭޓްކޮށްލައިގެން ދެގުނަ ޑޭޓާ ލިބޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.

  • ފައިބަރ ބްރޯޑްބޭންޑް ބޫސްޓާ 200 ޖީބީ – 200 ރުފިޔާ
  • ފައިބަރ ބްރޯޑްބޭންޑް ބޫސްޓާ 300 ޖީބީ – 300 ރުފިޔާ

މިނިވަން ޕްރޮމޯޝަންގެ ލިމިޓެޑް އޮފާތައް ކުރިއަށް ދާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއިއެކު މި އެޑް-އޮން އެކްޓިވޭޓް ކުރެވޭނެ އެވެ. ނުވަތަ 343 އަށް‘UNL’ ޖެހުމަށްފަހު އެސްއެމްއެސް ކޮށްލައިގެންވެސް މި އެޑް-އޮން ނެގޭނެ އެވެ.

ދިރާގުން ބުނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345