ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އަވަސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ރައީސް ނަޝީދުގެ މިދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެއް ކަމަށެވެ.

އެހެންކަމުން ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނެވި ސީދާ ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފައި މިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފޯރި ވަރަށް ގަދަވެފައިވާ ވަގުތެއްގަ އެވެ. ނަމަވެސް އެމަނިކުފާނުގެ މިހާރުގެ ޕާޓީ -- ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދައެއް ނުކުރައްވަ އެވެ.

ރައީސް ނަޝީދު ގެންދަވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910