އައްޑޫ ސިޓީ

އައްޑޫ އިސްލާމިކް މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީގެ ހިތަދޫގައި އެޅުމަށް ނިންމާފައިވާ އިސްލާމިކް މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިމަސައްކަތް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ދީނީ ކަންކަން ކުރިއެރުވުމަށާއި އެ ދާއިރާ އިން މީހުން ތަމްރީން ކުރުމަށާއި ދިވެހިން ހިތްތަކުގައި ދީނަށް އޮންނަ ލޯބި އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދެ ފަންގިފިލާ ހިމެނޭ މި އިމާރާތުގައި 1،500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނާ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީއެއް ހިމެނެ އެވެ.

މި މަޝްރޫއުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ މާޗް 24 ވަނަ ދުވަހު އެވެ. މި އިމާރާތް ނިންމަން ދީފައިވަނީ 450 ދުވަހެވެ.