ޕީޕީއެމް އިން އިންތިޒާމު ކުރި "ދިވެހީންގެ ޖަގަހަ" ހުޅުވުމުގެ ޖަލްސާ ފަސްކޮށްފި އެވެ.
މިޖަލްސާ ބާއްވަން ކުރިން ނިންމާފައި އޮތީ މިރޭ 8:45 ގައި އަލިމަސް ކާނިވާ ސަރަހައްދު ގައެވެ.
ޕީޕީއެމް އިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލެ ސަރަހައްދުގައި އާދަޔާ ހިލާފަށް ފެތުރެމުންދާ ހޮޑުގެ ރޯގާއާއި ގުޅިގެން ކުޑަކުދިންނާއި އާންމުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި މިރޭގެ ޖަލްސާ އެހެން ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ.
ޖަލްސާ ދެން ބާއްވާނެ ވަކި ދުވަހެއް ޕީޕީއެމް އަކުން ބުނެފައެއް ނުވެ އެވެ.
ޕީޕީއެމް އިން މިރޭ ބާއްވަން ކުރިން ހަމަޖެއްސި ޖަލްސާ އަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ކެމްޕޭން ޖަލްސާ އެކެވެ.