އެމްއެންޑީއެފް

ފަސްކުރި ހަވާ އެރުވުމުން މިރޭ

Jul 29, 2023

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބާއްވަން ނިންމުމަށްފަހު ފަސްކުރި ހަވާއެރުވުމުން މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ހަވާ އެރުވުން އޮންނާނީ މިރޭ 9:30ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

ހަވާ އެރުވުމުގެ ހަރަކާތް ގާތްގަނޑަކަށް އަށް މިނެޓަށް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ރޭ ހުޅުވަން ނިންމުމަށްފަހު ފަސްކުރި މިނިވަން އުފާ ކާނިވާވެސް މިރޭ ހުޅުވުމަށް ވަނީ ނިންމާފަ އެވެ.