މިނިވަން ދުވަސް

މިނިވަން ދުވަހުގެ ހިނގާލުން ކެންސަލްކޮށްފި

މާލޭގައި މީގެކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން -- ފޮޓޯ: އަވަސް
0%
100%
0%

މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބާއްވަން ހަމަޖެއްސި ޝަރަފުގެ ހިނގާލުން ކެންސަލްކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ހިނގާލުން ކެންސަލް ކުރީ މޫސުން ގޯސްވުމާ ގުޅިގެންނެވެ.

މި ހިނގާލުން ފަހުން ކުރިއަށް ގެންދާނެ ކަމަށް ބުނި ނަމަވެސް ވަކި ތާރީހެއް ބުނެފައެއް ނުވެ އެވެ.

މޫސުން ގޯސްވުމާ ގުޅިގެން މިއަދު ބާއްވަން ނިންމި ދިދަ ނެގުމުގެ ރަސްމިއްޔާތުވެސް ބާއްވާފައެއް ނުވެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ޖަލްސާ މިރޭ އޮންނާނޯ ސޯޝަލް ސެންޓަރު ގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމާ މުހާތަބު ކުރައްވާނެ އެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ އިނާމު ލިބޭ 138 ބޭފުޅަކަށް މިޖަލްސާގައި އިނާމު ދިނުންވެސް އޮންނާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345