މިނިވަން ދުވަސް

އަސްކަރީ ޕެރޭޑް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

Jul 26, 2022
އަސްކަރީ ޕެރޭޑްގައި ރައީސް އަށް ރިޔާސީ ކުރުނީހެއް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައްލަވާލައްވައިފި އެވެ.

މިނިވަން ދުވަހުގެ މިހަރަކާތް މިއަދު ހަވީރު ފެށީ ޖުމްހޫރީ މައިދާން ކުރިމަތީގަ އެވެ.

އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމަށް ރައީސްގެ ދެކަނބަލުން ޖުމްހޫރީ މައިދާން ކުރިމައްޗަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

މި ހަރަކާތުގައި ދިވެހި ސިފައިން ވަނީ ރައީސް އަށް ރިޔާސީ ކުރުނީހެއް އަރުވާފަ އެވެ. އަދި އެއަށްފަހު ދިވެހި ސިފައިންގެ ބޭންޑުން ގައުމީ ސަލާމް ކުޅުނެވެ. ހަރަކާތް ނިންމާލާފައިވަނީ އަސްކަރީ ޕެރޭޑާއި ޕްރޮސެޝަންއިންނެވެ.

އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ގިނަ ބަޔަކު ވެސް މި ހަރަކާތް ބަލާލުމަށް އެއްވި އެވެ.

ޖުމްހޫރީ މައިދާން ސަރަހައްދަށްފަހު މާލޭގެ ބައެއް ބޮޑެތި މަގުތަކުގައި އަސްކަރީ ޕެރޭޑް ކުރިއަށް ގެންގޮސްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345