އީޕީއޭ

ވެލާ ފެޅި މީހުން ޖޫރިމަނާ ފައިސާ ނުދެއްކި

ވެލާ ފަޅައި، ކެއްކި މީހުންގެ ޖޫރިމަނާ ފައިސާ މުއްދަތު ހަމަވިއިރުވެސް ދައްކާފައި ނުވާ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓަކްޝަން އޭޖެންސީ (އީޕީއޭއިން) ބުނެފި އެވެ.

ޖޫރިމަނާ ކުރީ މިކަމުގައި އަމަލީގޮތުން ބައިވެރިވި ފަސް މީހަކާއި އިތުރު ދެ މީހުންނާ އެކު ޖުމްލަ ހަތް މީހެކެވެ.

މި މީހުންގެ ތެރެއިން ކޮންމެ މީހަކު 198،000 ރުފިޔާ އިން ޖޫރިމަނާކޮށް ފައިސާ ދެއްކުމަށް 30 ދުވަސް ދީފައިވެ އެވެ.

މި މުއްދަތު ހަމަވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. ޖޫރިމަނާ ފައިސާ ދެއްކުމަށް އެމީހުންނަށް އަންގާފައިވަނީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ.

އީޕީއޭގެ އޮފިޝަލަކު ވިދާޅުވީ ޖޫރިމަނާ ފައިސާ ހޯދުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބ. ކެޔޮދޫގައި މިއަހަރުގެ ފެބްރުއަރީ ތިންވަނަ ދުވަހު ވެލާ ފަޅައި ކައްކަނިކޮށް އަތުލައިގަތް ފަސް މީހުންނަކީ ބ. ކެންދޫ މީހުންނެވެ.

ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ކަހަނބުގެ ހުރިހާ ބާވަތެއް ރާއްޖޭގައި ވަނީ ހިމާޔަތްކޮށްފަ އެެވެ.