ފެމިލީ ކޯޓް

ފުރަތަމަ ހަ މަސް ތެރޭ 627 ވަރި

މި އަހަރުގެ ފުރަތަމަ ހަމަސް ތެރޭގައި 627 ވަރި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.

ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ވަރި ގިނަ މަހަކީ މޭ މަހެވެ. މޭ މަހުގައި 132 ވަރިކޮށްފައިވެ އެވެ. އަދި 185 ކައިވެނި އެ މަހުގައި ކޮށްފައިވެ އެވެ.

މި އަހަރު މިހާތަނަށް އެންމެ ގިނައިން ކައިވެނި ކޮށްފައިވަނީ ޖޫން މަހު އެވެ. އެއީ 254 ކައިވެންޏެވެ. ޖޫން މަހުގައި 79 ވަރިކޮށްފައިވެ އެވެ.

އޭޕްރީލް މަހަކީ މި އަހަރުގެ މިހާތަނަށް ކައިވެންޏާއި ވަރި އެންމެ މަދު މަހެވެ. އެ މަހުގައި ކޮށްފައިވަނީ 76 ވަރިއާއި 114 ކައިވެންޏެވެ. ވަރީގެ މައްސަލަތަކުގެ ތެރެއިން އޭޕްރީލް މަހުގައި އެންމެ ގިނައިން ނިންމާފައިވަނީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. އެއީ 38 މައްސަލަ އެވެ.

މި އަހަރު ޖެނުއަރީގައި 195 ކައިވެނި ކޮށްފައިވާއިރު އެ މަހުގެ ތެރޭގައި 127 ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ފެބްރުއަރީގައި 178 ކައިވެނިކޮށްފައިވާއިރު 98 ވަރިކޮށްފައިވެ އެވެ. މާޗުގައި 245 ކައިވެންޏާއި 115 ވަރިކޮށްފައިވެ އެވެ.

ފެމިލީ ކޯޓުން ބަލަހައްޓަމުން ދަނީ ހަމައެކަނި މާލޭގައި ކުރާ ކައިވެނިތަކާއި ވަރީގެ މައްސަލަތަކުގެ އިތުރުން އާއިލީ މައްސަލަތަކެވެ.