ބަނޑުގައި ޖަހާފައި ހުންނަ މަސްތައް ދުއްވާލަން އަޒުމު ކަނޑަައަޅައިފި ނަމަ އެއީ ސިއްހަތަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ. ބަނޑުގައި މަސްޖަހާފައި ހުރުމަކީ ޓައިޕް-2 ޑައެބެޓީސް އާއި ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމަކަށް ވާތީ އެވެ.
ބަނޑު ހިންދުމަށް އެކި މީހުން އެކި ގޮތްތައް އިހުތިޔާރުކުރާއިރު ބަނޑު ހިންދުމަށް ތަފާތު ޑައެޓްތައް ގެންގުޅޭ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް ބަނޑުލާ ފަދައިން ބަނޑު ހިންދުން އޮންނަނީ އުނދަގޫ ކަމަކަށްވެފަ އެވެ. ބައެއް ފަހަރަށް ވަރަށް ކުޑަ ކަމަކުން ވެސް ބޮޑު ކަމެއް ވެދާނެ އެވެ. އެގޮތުން، ދައްކަން މި އުޅެނީ ތައްޔާރުކޮށްލަން ފަސޭހަ ޖޫހެއްގެ ވާހަކަ އެވެ. މި ޖޫހުގެ ސަބަބުން ބަނޑު ހިންދާލުމަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.
ބޭނުންވާތަކެތި:
- އެއް ދޮންކެޔޮ
- އެއް އޮރެންޖު
- ދެ މޭޒުމަތީ ސަމްސާ އެލްމަންޑް( ޗިސްކޮށްފައި)
- ދެ ސަމްސާ ފްލެކްސް ސީޑް
- ދެ ފިގްސް
- 1/3 ތަށި ފެން
ތައްޔާރުކުރާނެ ގޮތް: ތައްޔާރުކޮށްލަން ވަރަށް ފަސޭހަ އެވެ. ހުރިހާ އެއްޗެއް އެއްކޮށް ބްލެންޑަރ އަށް އަޅާލުމަށްފަހު ގިރާލާށެވެ. ތައްޔާރުކޮށްލަން ފަސޭހަ މި ޖޫސް ބުއިމަށް އެންމެ ރަނގަޅީ ތާޒާކޮށް ހުއްޓައެވެ.
މީ ޖޫހުގެ އިތުރުން ވެސް ފަސޭހަކަމާ އެކު ތައްޔާރުކޮށްލެވިދާނެ އެހެން ނަމަވެސް، ބަނޑު ހިންދާލުމަށް ބޮޑު އެހީއެއް ވެދޭނެ ދެ ޖޫހެއް އެބަ އޮތެވެ. ކިޔުއްވަމުން ކުރިއަށް ވަޑައިގަންނަވާށެވެ.
ތައްޔާރުކުރާނެ ގޮތް: މި ޖޫސް ތައްޔާރުކުރުމަށް ވެސް މި ހުރިހާ ތަކެތި އެއްކޮށް ރަނގަޅަށް ގިރާލާށެވެ.
ބޭނުންވާތަކެތި:
- އެއް ތަށި ރާސްބެރީސް
- އެއް އާފަލް
- އެއް ދޮންކެޔޮ
- 1/2 ލުނބޯ
- އެއް ސަމްސާ ފްލެކްސް ސީޑް
ތައްޔާރުކުރާނެ ގޮތް: މި ހުރިހާ ތަކެތި އެއްކޮށް ރަނގަޅަށް ގިރާލާށެވެ. ބުއިމަށް އެންމެ ރަނގަޅީ ތާޒާކޮށް ހުއްޓަ އެވެ. އަދި ޖޫހަށް ބޭނުންކުރާ އާފަލުން ތޮށި ނުމެށުމަކީ ލިބޭ ފައިދާ އިތުރުވާނެ ކަމެކެވެ.
ބޭނުންވާ ތަކެތި:
- ދެ ކިވީ ފްރުޓް
- އެއް ދޮންކެޔޮ
- 1/2 އާފަލް
- އެއް އޮރެންޖް
- އެއް ސަމްސާ ފްލެކްސް ސީޑް
- އެއް ސަމްސާ ހެޒަލްނަޓް
ތައްޔާރުކުރާނެ ގޮތް: މި ޖޫސް ތައްޔާރުކުރުމަށް ވެސް މި ހުރިހާ ތަކެތި އެއްކޮށް ރަނގަޅަށް ގިރާލާށެވެ.