މޯލްޑިވްސް ކަސްޓަމްސް ސާވިސް

އެތެރެކުރި މުދާ ދަށްވެ ކަސްޓަމްސްއަށް ލިބުނު އާމްދަނީ ދަށަށް

ރާއްޖެއަށް މިދިޔަ ޖޫން މަހު އިމްޕޯޓް ކުރެވުނު މުދަލުގެ އަދަދު މިދިޔަ އަަހަރުގެ ޖޫން މަހާ އަޅާބަލާއިރު 24 އިންސައްތަ ދަށްވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު 5.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރިއިރު މި އަހަރުގެ ޖޫން މަހު އިމްޕޯޓް ކުރީ ހަތަރު ބިލިއަން ރުފިޔާގެ މުދަލެވެ.

މީގެއިތުރުން ފާއިތުވި ޖޫން މަހު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 12 އިންސައްތަ ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު 394 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މިދިޔަ ޖޫން މަހު އާމްދަނީގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނީ 347 މިލިއަން ރުފިޔާ އެވެ.

ޖޫން މަހުގެ އިމްޕޯޓް / އެކްސްޕޯޓް އަދި އާމްދަނީ

ރާއްޖެއަށް މިދިޔަ ޖޫން މަހު އެންމެ ގިނައިން މުދާ އެތެރެކުރީ އޮމާން، ޗައިނާ، އިންޑިއާ، ޔޫއޭއީ/ އަދި ސިންގަޕޫރުންނެވެ. އޮމާން އިން 706 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާ އިން 550 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

މީގެއިތުރުން އިންޑިއާ އިން 545 މިލިއަން ރުފިޔާގެ މުދާ، ޔޫއޭއީ އިން 439 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 287 މިލިއަން ރުފިޔާގެ މުދާވެސް ޖޫން މަހު އެތެރެކޮށްފައިވެ އެވެ.