ފިނިޕޭޖް

ޖަވާންގެ "ޒިންދާ ބަންދާ" ލަވަ ތިން ބަހުން ނެރެނީ

ޝާހްރުކް ހާންގެ އެންމެ ފަހުގެ ފިލްމު "ޖަވާން"ގައި ހިމެނޭ "ޒިންދާ ބަންދާ" މިއަދު ތިން ބަހުން ނެރުމަށް ހަމަޖެހިއްޖެ އެވެ.

ޝާހް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މި ލަވަ ހިންދީ، ޓަމިލް އަދި ޓެލުގޫ ބަހުން ނެރޭނެ ކަމަށެވެ.

ޓަމިލް ބަހުން މި ލަވައަށް ދީފައިވާ ނަމަކީ "ވަންދާ އެޑަމް" އެވެ. އަދި ޓެލުގޫ ބަހުން މި ލަވައަށް ދީފައިވާ ނަމަކީ "ދުންމެ ދުލިޕެލާ" އެވެ.

ޖަވާންގައި ޝާހްގެ އިތުރުން މުހިއްމު ބައިތަކުން ފެނިގެންދާނީ ދީޕިކާ، ވިޖޭ އަދި ނަޔަންތްރާ އެވެ.

ޖަވާން ކުރިން ޕްރިމިއާ ކުރަން މަސައްކަތް ކުރީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ. ނަމަވެސް ބައެއް މަސައްކަތްތައް އެހާތަނަށް އެންމެ ފުރިހަމައަށް ނިންމާލެވިފައި ނުވާތީ ޖަވާން ޕްރިމިއާ ކުރުމަށް މިހާރު ނިންމާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު ހަތްވަނަ ދުވަހު އެވެ.