ރައީސް މުހައްމަދު ނަޝީދު

ރައީސް އިންތިހާބު ކާމިޔާބުކޮށްފިނަމަ އެއީ އަޅުގަނޑުގެ ސިޔާސީ ހަޔާތުގެ ފަހު ދުވަސް: ނަޝީދު

ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓުންގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަވަސް
50%
25%
25%

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވައިފިނަމަ އެ ދުވަސް ވެގެންދާނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ފަހު ދުވަހަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ އިސް މެންބަރުންތަކެއް ތިއްބަވާ ގުރޫޕެއްގަ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އެދިވަޑައިގަތީ ޑިމޮކްރެޓުން އެއްބައެއްގެ ގޮތުގައި ތިބުމަށެވެ. ބައިބައިވެއްޖެނަމަ ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރަން ފަސޭހަ ވާނެކަން ވަރުގަދައަށް ހަނދާންކޮށްދެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކާމިޔާބުކުރާ ދުވަސް ވާނީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި އެންމެ ފަހު ދުވަހަށް،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގޮތުން އެމްޑީޕީގައި ހުންނަވައިގެން އެ ޕާޓީގެ އެންމެ ފަހުގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އެވެ. ނަމަވެސް ރައީސް ސޯލިހް ވަނީ ބޮޑުބައްޔަކުން ނަޝީދު ބަލިކުރައްވާ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވާފަ އެވެ.

އޭގެފަހުން އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކަށްފަހު ރައީސް ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވައި މިދިޔަ މަހުގެ ތެރޭގައި ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފަ އެވެ. ނަމަވެސް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދައެއް ނުކުރައްވަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910