ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހޯމް ޕާޗޭސް ލޯން އަދި ހޯމް ޕާޗޭސް ފައިނޭންސިން އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްފި އެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ 2021 ވަނަ އަހަރު ބީއެމްއެލްގެ ހޯމް ލޯން އަދި ފައިނޭންސިން ރޭޓް ނުވަ ޕަސަންޓަށް ދަށްކޮށްފައިވާތީ އެއީ ރާއްޖޭގައި ހޯމް ލޯން ދޫކުރާ އެންމެ ކުޑަ ރޭޓް ކަމަށެވެ.
"މިއަދު މި ގެނެވުނު ބަދަލާއެކު، ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އަދި 24 މަހަށް ގްރޭސް ޕީރިއަޑް އިތުރުވުމުން ގެދޮރު ގަންނަ ފަރާތްތަތަކަށް ފައިދާކުރާނެ." ކާލް ސްޓުމްކަ ވިދާޅުވި އެވެ.
ބީއެމްއެލްގެ ހޯމް ޕާޗޭސް ލޯނާއި ބީއެމްއެލް އިސްލާމިކް ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރަނީ 20 ޕަސެންޓް އިކުއިޓީއާ އެކު ނުވަ ޕަސަންޓް އިންޓްރެސް ރޭޓު ގައެވެ.
މިހާރު ގެދޮރު ގަނެފައިވާ ފަރާތްތަކަށް އިތުރު ޕްރޮޕަޓީއެއް ގަތުމަށްވެސް މި ފެސިލިޓީ ބޭނުންކުރެވިދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ މިއަދުން ފެށިގެން ލިބޭ ލޯން އެޕްލިކޭޝަންތަކަށް އަލަށް މިކަނޑައެޅުނު ބަދަލުތަކަށް އަމަލުކުރަމުން ގެންދާނެ ކަމަށެވެ.