ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ އެދިވަޑައިގަތުމަށް ފުއްގިރި ޝަރީއަތް ކެންސަލްކޮށްފި

އަބްދުﷲ ޔާމީން -- ފޮޓޯ: އަވަސް
0%
0%
0%

ރ. ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލްކުރި ޝަރީއަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަށް ކެންސަލްކޮށްފި އެވެ.

ޝަރީއަތް ކެންސަލްކުރީ ޔާމީންގެ ހާލުކޮޅު ހުންނެވި ގޮތުން މިއަދުގެ ޝަރީއަތް ބާއްވައިނުދިނުމަށް އެދިވަޑައިގަތުމުންނެވެ.

ފުއްގިރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަންގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މއ. ކުރިކީލަހިޔާ, އަހުމަދު ކުރިކް ރިޒާގެ މައްޗަށެވެ.

މި މައްސަލައިގައި މިއަދު އޮތީ ދައުލަތުން ހުށަހެޅި ދެ ހެކިންގެ ހެކިބަސް ނެގުމެވެ.

ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް ކުރަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ކުރިކް ރިޒާގެ މައްޗަށްވެސް ދައުވާ އުފުލި ނަމަވެސް ދައުލަތުން ވަނީ އަނބުރާ ގެނެސްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910