ކްރިމިނަލް ކޯޓް

ކްރިކް ރިޒާގެ ނަމުގައި އޮތް ޗެކެއް ޖަމާކުރަން ދިން: ހެކިވެރިޔާ

އަހުމަދު ކްރިކް ރިޒާ އަދި ރިޒާގެ ގާނޫނީ ވަކީލު
0%
0%
0%

ރ. ފުއްގިރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލުމަށްފަހު އަނބުރާ ގެނައި އަހުމަދު ކްރިކް ރިޒާގެ ޗެކެއް ސަން ކޮންސްޓްރަކްޝަން ކުންފުންޏަށް ޖަމާކުރަން ލިބުނު ކަމަށް ބުނެ އެ ކުންފުނީގެ އޭރުގެ ފައިނޭންސް ޑިރެކްޓަރު ސްރީލަންކާގެ ސްރީތަކުމާރު މިއަދުގެ ޝަރީއަތުގައި ހެކިބަސްދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި ސްރީތަކުމާރު ހެކިބަސް ދިނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ހާޒިރުވެގެންނެވެ.

ހެކިބަސް ދެމުން އޭނާ ބުނީ ޑޮލަރު މާރުކުރަންޖެހޭކަން ކުންފުނީގެ ވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު އެންގި ކަމަށާއި ޗެކު ގެނެސްދިނީ އެމްޑީއޭގެ ނައިބު ރައީސް އަހުމަދު މައުރޫފު އާއި އިތުރު މީހެއް ކަމަށެވެ.

ކްރިކް ރިޒާގެ ނަމުގައި އޮތް އެ ޗެކުގައި ވަނީ އެއް މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް ނަމަވެސް ސީދާ އަދަދު މިހާރު ހަނދާން ނެތް ކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ ސަން ކޮންސްޓްރަކްޝަނަކީ ފައިސާ މާރުކުރުމުގެ ލައިސެންސް އޮތް ކުންފުންޏަކަށް ނުވާތީ އެ ފައިސާ ޓްރާންސްފާ ކުރީ ފައިސާ މާރުކުރުމުގެ ހުއްދަ އޮތް ސަން އިންވެސްޓްމަންޓުގެ އެކައުންޓަށް ކަމަށެވެ.

ފުއްގިރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ފުއްގިރި މައްސަލައިގައި މއ. ކުރިކީލަހިޔާ, އަހުމަދު ކުރިކް ރިޒާގެ މައްޗަށްވެސް ދައުވާ އުފުލި އެވެ. ނަމަވެސް ދައުލަތުން އެދިގެން އެ ދައުވާތައް ވަނީ އަނބުރާ ގެނެސްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910