އާސަންދަ

އާސަންދަ ހިދުމަތް އޮންލައިންކޮށް ލިބޭނެ ގޮތް ހަދައިފި

އާސަންދަ އިން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ހޯދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އާސަންދައިގެ ހިދުމަތްތައް އޮންލައިންކޮށް ބޭނުންކުރުމަށް އިއްޔެ ތައާރަފްކޮށްފައިވާ ވެބް ޕޯޓަލް އަކީ "މައި އާސަންދަ" އެވެ.

އޮންލައިންކޮށް ހިދުމަތް ހޯދޭނެ ގޮތް ހަމަޖެއްސުމާ ގުޅިގެން އާސަންދަގެ އެހީގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ މީހުން ޑޮކްޓަރުގެ ރިކޮމަންޑޭޝަން ފޯމު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުށަހެޅޭނީ ޕޯޓަލް މެދުވެރިކޮށެވެ.

މައި އާސަންދަ ޕޯޓަލް އިން ލިބޭ ހިދުމަތްތައް

  • ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ހުށަހަޅަންޖެހޭ ރެކޮމަންޑޭޝަން ފޯމު ޑޮކްޓަރުންނަށް ޕޯޓަލްގެ ތެރެއިން ފުރައިދިނުން
  • ވެލްފެއާގެ އެހީތެރިކަމަށް އެދި އާސަންދަ ފްރޮންޓް އޮފީހަށް ނުވަތަ އެހެން މަރުކަޒެއްގައި ހުރި ކައުންޓަރަކަށް ދިއުމުގެ ބަދަލުގައި ހުށަހަޅަންޖެހޭ ހުރިހާ ލިޔުކިޔުމެއް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުން
  • އެޕްލިކޭޝަންގެ ސްޓޭޓަސް ކޮންމެ ވަގުތަކު ވެސް ޕޯޓަލް އިން ބެލޭނެ އިންތިޒާމު
  • އެޕްލިކޭޝަން ކުރިއަށް ގެންދިއުމަށް އިތުރު ލިޔެކިޔުން ބޭނުންވާނަމަ ޕޯޓަލްގެ ތެރެއިން ހުށަހެޅުން

އާސަންދަ އަކީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދާ ހިދުމަތެކެވެ. އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ލިބޭނެ ގޮތް ހަމަޖެހުމާ ގުޅިގެން މިއީ ހިދުމަތް ހޯދާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށްވެސް އާސަންދަ ކުންފުނިން ބުނެ އެވެ.

އާސަންދަ ކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ތަފާތު ބަލިތަކުގައި ފަރުވާ ހޯދުމަށް 532 މީހުން ރާއްޖެއިން ބޭރަށް ގޮސްފައިވެ އެވެ،