އެސްޓީއޯ

އަލް ނޫރު ހިކި ކިރުގެ ހާއްސަ ޕްރޮމޯޝަނެއް

އަލް ނޫރު ހިކި ކިރުގެ ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި އެވެ.

އިއްޔެ ފެށި މި ޕްރޮމޯޝަން މި އަހަރު ނިމެންދެން ކުރިއަށްދާނެ އެވެ. އަދި އެސްޓީއޯގެ ހުރިހާ ފިހާރަތަކެއްގައިވެސް މި ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ.

އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި -- "އޮމާން ފުޑްސްޓަފް"ގެ އަލްނޫރު ހިކި ކިރުގެ 800 ގުރާމާއި 1800 ގުރާމާއި 2250 ގުރާމުގެ ހިކި ކިރު ޕެކެޓު އެސްޓީއޯ އިން ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ރީޓެއިލް ކަސްޓްމަރުންނަށް އަލް ނޫރު ހިކި ކިރު ޕެކެޓަކާ އެކު އަލް ނޫރު ލޯގޯޖެހި ކޮލިޓީ ރަނގަޅު ބިއްލޫރިތައްޓެއް ލިބޭނެ އެވެ. އަދި ހޯލްސޭލް ކަސްޓްމަރުންނަށް 1800 ގްރާމުގެ ތިން ކޭސް ގަތުމުން ސުޕަޝެފް މެޔޮނައިސް ކޭހެއް ލިބޭނެ އެވެ.

ހޯލްސޭލް ކަސްޓްމަރުންނަށް 2250 ގުރާމުގެ ތިން ކޭސް ގަތުމުން ނަބަޓީ ރިޗީޒް ކޮންސްޓިކް ޗީޒް ކޭހެއް ލިބުމުގެ އިތުރުން އެ ކަސްޓަމަރުން ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގައި ހޯލްސޭލް ކަސްޓްމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 5000 ރުފިޔާގެ މުދާ ދޭނެ އެވެ.