ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީގެ އަލީ ޝަމީމް (ކޮޔަރު އައްޔަ) ހަމަޖައްސައިފި އެވެ.
ސޮކާ ވެޓަރަންސް އެސޯސިއޭޝަން ހިންގެވުމުގައި ވެސް އެންމެ އިސްކޮށް އުޅުއްވާ އައްޔަ އަކީ ނިއުގެ ކުރީގެ މިޑްފީލްޑަރެވެ. އަދި އޭނާ އަކީ މިދިޔަ މަހު ނިއުގެ އާ ބޯޑު އިންތިހާބު ކުރުމުގަ އާއި އަންނަ ސީޒަނަށް ޓީމު އެކުލަވާލުމުގެ ކަންތައްތަކުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާ އެވެ.
ކުރިން ނިއު އާއި ގައުމީ ޓީމަށް ވެސް ކުޅުނު އައްޔަ ވަނީ ނިއުގެ ކޯޗިން ސްޓާފެއްގެ ގޮތުގައި ވެސް ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކޮށްފަ އެވެ. އެސިސްޓެންޓް ކޯޗުކަމުގެ އިތުރަށް މެނޭޖަރުކަން ވެސް އޭނާ ވަނި އަދާކޮށްފަ އެވެ.
ފާއިތުވެދިޔަ ހަތަރު އަހަރު ނިއުގެ ޗެއާމަންގެ މަގާމު އަދާކުރި އަލީ ވަހީދު (ބަލަކް)ގެ ދައުރު ހަމަވުމުން ނިއުގެ ޗެއާމަންކަމަށް މިހާރު އިންތިހާބުކޮށްފައިވަނީ ޑޮނާޑް ޔާމީން އެވެ. ބަލަކްގެ ދައުރުގައި އެންމެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީ ކުރީގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އެވެ. ފަހުން އެ މަގާމު ފުރީ ނިއުގެ ކުރީގެ ޑިފެންޑަރު އަންވަރު އަލީ އެވެ.
ނިއުގެ އާ ޖެނެރަލް ސެކްރެޓަރީ އައްޔަ (މ): އޭނާ އަކީ ނިއުގެ ކުރީގެ މިޑްފީލްޑަރު