އެމްޑީޕީ

ޑިމޮކްރެޓްސް ދޫކޮށް ރަސްދޫ ކައުންސިލްގެ ރައީސް އެމްޑީޕީއަށް

އއ. ރަސްދޫ ކައުންސިލްގެ ރައީސް އާއި ނައިބް ރައީސް ދަ ޑިމޮކްރެޓްސް އިން ވަކިވެވަޑައިގެން އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

ރަސްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނާހިދާއި އެ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ އަނީލް އަކީ ކުރިންވެސް އެމްޑީޕީގެ މެންބަރުންނެވެ.

މި ދެ ބޭފުޅުން އެމްޑީޕީން އެ ޕާޓީގައި އިސްކޮށް މަސައްކަތް ކުރެއްވި ބަޔަކު ދަ ޑިމޮކްރެޓްސް އުފެއްދުމާ ގުޅިގެން އެ ޕާޓީގައި ހަރަކާތްތެރިވުމަށެވެ.

މި ދެ ބޭފުޅުން ދަ ޑިމޮކްރެޓްސް އިން ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ނާހިދާއި އަނިލް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން މި ދެ ބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގަތ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

އެމްޑީޕީ އަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޕާޓީ އެވެ. އެޕާޓީގައި މިހާރު 53,139 މެމްބަރުން އެބަތިއްބެވެ.