ވިޔަފާރި

ކޮކާކޯލާ އިން ދިން ފޯނު ލިބުނު ފަރާތްތައް އުފަލުން ފޮޅިފައި

އާ އަހަރު ފެށުމާއެކު ކޮކާކޯލާއިން ފެށި ޕްރޮމޯޝަން ނިމުމަކަށް އައިއިރު، އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދީފި އެވެ. ކޮކާކޯލާއިން "އޮޕަން އަ ގެލްކްސީ އޮފް ހެޕިނަސް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ބޮޑު ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު ވަނީ ސެމްސަންގް ފޯނެއް ނަސީބުވެރިންނަށް ހަދިޔާކޮށްފަ އެވެ. މާދަމާ ޕްރޮމޯޝަން ނިމޭއިރު ކޮކާކޯލާއިން މިހާރު ވަނީ 43 ނަސީބުވެރިންނަށް ފޯނު ދީފަ އެވެ. އަދި ދެ ނަސީބުވެރިން ހޮވުން އޮތީ އެވެ.

ކޮކާކޯލާއިން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނަށް ލިބުނު ބޮޑު ކާމިޔާބާއި ތަރުހީބު ފާހަގަކުރުމަށް މިއަދު ސިޓްރަން ލެމަންގްރާސް ރެސްޓޯރެންޓްގައި ވަނީ ހާއްސަ ހަފުލާއެއް ބާއްވާފަ އެވެ. މި ހަފުލާގައި، ކޮކާކޯލާ ޕްރޮމޯޝަނުގެ ގިނަ ނަސީބުވެރިން ބައިވެރިވި އެވެ. މި ހަފުލާގައި ވާހަކަ ދައްކަވަމުން ކޮކާކޯލާގެ ޖަނަރަލް މެނޭޖަރު މިލަން ވިދާޅުވީ، ކޮކާކޯލާގެ މި ޕްރޮމޯޝަނަށް ހީނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ވެސް އެސްއެމްއެސް ލިބިފައިވާ ކަމަށެވެ.

"ނަސީބުވެރިން ވެސް އެބަ ފެނޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ، މިއީ ނިމުމެއް ނޫން މިއީ ފެށުމެއް، އަދިވެސް އެތައް ގިނަ ޕްރޮމޯޝަންތަކެއް ހިންގާނަން،" މިލަން ވިދާޅުވި އެވެ.

މިލަން ވިދާޅުވީ ވަރަށް އަވަހަށް އިތުރު ޕްރޮމޯޝަނެއް ފަށާނެ ކަމަށެވެ. އެއީ މި އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތާ ގުޅިގެން ކޮކާކޯލާއިން ފަށާ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންގައި، މެޗްތައް ބަލާލުމަށް ފްރާންސްގެ ވެރިރަށް ޕެރިހަށް ދިޔުމުގެ ފުރުސަތު ކޮކާކޯލާއިން ދޭނެ އެވެ. ޕްރޮމޯޝަނާ ގުޅޭ ތަފްސީލު ވަރަށް އަވަހަށް ދޭނެ ކަމަށް ވެސް ކޮކާކޯލާއިން ބުންޏެވެ.

ސާޅީސް ފަސް ދުވަހަށް ކުރިއަށް ގެންދިޔަ، "އޮޕަން އަ ގެލްކްސީ އޮފް ހެޕިނަސް" ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ހައިކް މޮބައިލް މޯލްޑިވްސްއާ ގުޅިގެންނެވެ. ހައިކްއިން ބުނީ މިފަދަ ކާމިޔާބު ޕްރޮމޯޝަނެއްގައި ބައިވެރިވެވުމުން އުފާކުރާ ކަމަށެވެ.

ކޮންމެއަކަސް ކޮކާކޯލާއިން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުން އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދީފި އެވެ. ކޮކާކޯލާއިން ދިން މެންދުރުގެ ކެއުން އިންސާފުކުރުމަށް ތިބި، ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ލިބިފައިވާ އުފާވެރިކަން އެ ފަރާތްތަކުގެ މޫނު މަތިން އަދިވެސް ފެންނަން ހުރިއިރު އޭގެ ތެރެއިން ގިނަ ނަސީބުވެރިންނަކީ ހަމަ އެންމެ އެސްއެމްއެސްއަކުން ނަސީބުވެރިޔަކަށްވި ފަރާތްތަކެކެވެ.

"ވަރަށް އުފާވި ހޮވީމަ، ހަމަ އެންމެ އެސްއެއްއެސްއެއް ކުރީ، ފޯނު ހަލާކުވެގެން އުޅުނީ ވެސް، އެހެންވީމަ އަދި ބޮޑަށް އުފާވީ،" ނަސީބުވެރިޔަކު ބުންޏެވެ.

"ވަރަށް ރަނގަޅު ޕްރޮމޯޝަނެއް ކަމަށް ދެކެނީ، މި ޒަމާނުގައި އެންމެން ވެސް ފޯނު ގެންގުޅޭއިރު މިހާ ފަސޭހަ ގޮތަކަށް ފޯނެއް ލިބުމަކީ ވަރަށް ނަސީބުވެރިއަކަށް ނޫނީ ނުވާނެ ކަމެއް، އަޅުގަނޑު މިފަދަ ނަސީބުވެރިއަކަށްވުމުން ވަރަށް އުފާވޭ،" ނަސީބުވެރިޔަކު ބުންޏެވެ.

"ވަރަށް އުފާވޭ، ފޯނު ހަލާކުވެފައި ހުއްޓާ ފޯނެއް ލިބުނީމަ، އެންމެ ދެ މަތިގަނޑު ފޮނުވީ،" ނަސީބުވެރިޔަކު ބުންޏެވެ.

މި ނަސީބުވެރިންގެ ހޮވުމުގެ މަސައްކަތް ކޮންމެ ރެޔަކު ކުރަމުންދިޔަ، މަޝްހޫރު ޕްރެޒެންޓާ ހަމީޝް ބުނީ، ގުރުއަތުން ހޮވޭ ފަރާތްތަކަށް ގުޅުމުން އެ ފަރާތްތަކަށް ލިބިގެން ދަނީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. "ކަންދިމާވާ ގޮތުން ގިނަ ފަހަރަށް ހަމަ ގުޅެނީ، ފޯނު ހަލާކުވެގެން ނޫނީ ގެއްލިގެން ނުވަތަ އެހެން މީހަކަށް ފޯނެއް ހަދިޔާކުރަން އުޅޭ ސިޗްވޭޝަނެއްގައި ހުންނަ މީހަކަށް، ވަރަށް ބޮޑު އުފަލެއް ލިބިގެން ދަނީ އެ ފަރާތްތަކަށް،"

"މި ޕްރޮމޯޝަނުގެ ސަބަބުން ވަރަށް ގިނަ ދިވެހިންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިއްޖެ، ކޮކާކޯލާއިން ރައްޔިތުންނަށް މިފަދަ ބޮޑު އުފާވެރިކަމެއް ދިނުމުން ޝުކުރުއަދާކުރަން،" ހަމީޝް ބުންޏެވެ.