ހައުސިން މިނިސްޓްރީ

ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަޅަނީ

ފުވައްމުލަކުގައި ހައުސިން ޔުނިޓް އެޅުމަށް މިއަދު ބަޔަކު ހަވާލުކުރަނީ -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
0%
0%
0%

ޏ. ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑްއާ އެވެ.

މިމަޝްރޫއަށް ހަރަދުކުރަނީ މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ. މުޅި މަޝްރޫއަށް ހަރަދުކުރަނީ ޖުމުލަ 469.8 މިލިޔަން ރުފިޔާ އެެވެ. މަޝްރޫއު ނިންމަން ދީފައިވަނީ 540 ދުވަހެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ކޮންމެ ފްލެޓެއްގައި 1000 އަކަފޫޓް ހުންނާނެ ކަމަށާއި ފްލެޓެއްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާހާނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ކަމަށެވެ.

ހައުސިން ޔުނިޓްތައް އިމާރާތް ކުރުމަށް ނިންމާފައިވަނީ 11 ބުރިއަށެވެ. ގްރައުންޑް ފްލޯ ބޭނުންކުރަން ހަމަޖެހިފައިވަނީ ވިޔަފާރި ބޭނުންތަކަށާއި މެއިންޓަނަންސް އޮފީހެއް ހެދުމަށާއި އަދި ސައިކަލް ޕާކިން އަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345