ޑރ. އަބްދުﷲ މައުސޫމް

މިނިސްޓަރު މައުސޫމު ޖޭޕީން ވަކިވެވަޑައިގެންފި

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ޖުމްހޫރީ މިއަދު ވަކިވެވަޑައިގެންނެވިކަން ޑރ. މައުސޫމު ހާމަކުރެއްވީ އޭނާ ޖޭޕީއާ ގުޅިވަޑައިގެންނެވި ދުވަހު ސޮއިކުރެއްވި މެންބަރުޝިޕްގެ ފޮޓޯ ޓްވިޓާގައި ހިއްސާކުރައްވަމުންނެެވެ.

މިނިސްޓަރު މައުސޫމް ޖޭޕީން ވަކިވެވަޑައިގެންފައި މިވަނީ އެ ޕާޓީގައި ނުވަ އަހަރު މަސައްކަތް ކުރެއްވުމަށްފަހު އެވެ.

ޑރ. މައުސޫމް މިހާރު ހުންނެވި މަގާމަށްވެސް ވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.

ޑީއާރްޕީގައި ހުންނެވުމަށްފަހު ޑރ. މައުސޫމް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވީ ޖޭޕީއަށް މައުސޫމް ސޮއިކުރެއްވީ މެއި 5، 2014 ގައެވެ.

މިނިސްޓަރު މައުސޫމް ވަނީ އޭނާ ޖޭޕީގައި މަސައްކަތް ކުރެއްވި ދުވަސްވަރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އިސް ބޭފުޅުން ބެހެއްޓެވި ގާތްކަމަށް ޝުކުރުއަދާކުރައްވާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބް ރައީސް ޑރ. މައުސޫމް އެ ޕާޓީން ވަކިވެވަޑައިގެންފައި މިވަނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބަށް ނިކުންނަވާނެ ކަަމަށް ވިދާޅުވުމާ ގުޅިގެން ޕާޓީގެ ކަންކަމުގައި ދުރުގައި ހުންނަވާތާ އެތައް މަހެއް ފަހުންނެވެ.