ކްރިމިނަލް ކޯޓް

ރެޑްބުލް ދަޅެއް ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދު

ރެޑްބުލް ދަޅެއް ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި އެވެ.

އަދަބު ލިބުނު މީހާ ކްރިމިނަލް ކޯޓުގައި ބުނީ އޭނާ ދަޅެއް ވަގަށް ނެގީ ބަނޑުހައިވެފައި ހުރުމުން ކަމަށެވެ.

ކޯޓުން މީނާގެ ބަންދަށް މުއްދަތު ޖެހީ ކުށުގެ ރެކޯޑްތަކެއް ހުރުމުން އެކަމަށް ރިއާޔަތްކޮށްފަ އެވެ.

އަމުރުގައި ބުނެފައިވާ ގޮތުން އޭނާ ބަންދުކުރަން އަމުރުކުރި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ،

ވައްކަމުގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބައިވެރިވާ މީހުންނެވެ.

ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައިވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ.