ފިލްމަކަށް ލިބޭ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ބޮކްސް އޮފީހުގައި އެ ފިލްމް މޮޅަށް ހިނގުމެވެ. އެ ގޮތުން ބޮކްސް އޮފީހުގެ އެކި ލަނޑުދަނޑިތައް ހުންނައިރު، އެއް ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އެރުމަކީ އެ ފިލްމުގެ ކާމިޔާބީ އެނގޭ ކަމެކެވެ.
އެހެންވެ މިފަހަރު މިގެނެސްދެނީ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ 10 ފިލްމެވެ.
މީގެ ތެރޭގައި ފްރެންޗައިޒް، ސުޕަހީރޯޒް، އެކްޝަން އަދި އެނިމޭޝަން ފިލްމްތައް ގިނައިރު، އެއް ފިލްމު ފިޔަވައި ހުރިހާ ފިލްމަކީ ވޯލްޓް ޑިޒްނީ ސްޓޫޑިއޯސް އާއި އެ ސްޓޫޑިއޯގެ ސަބްސިޑިއަރީ ސްޓޫޑިއޯތަކުގެ ފިލްމެވެ.
އެވެޓާ (2009)
ޖޭމްސް ކެމެރަން ޑިޒްނީ ސްޓޫޑިއޯސްއާ ގުޅިގެން 237 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "އެވެޓާ" އަށް ބޮކްސް އޮފީހުގައި މިހާތަނަށް 2.92 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވެ އެވެ. މި ފިލްމު ވަނީ ވޭތުވެ ދިޔަ 14 އަހަރު ބޮކްސް އޮފީހުގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ މަގާމު ދަމަހައްޓާފަ އެވެ. މި ފިލްމުގެ މެއިން ކާސްޓްގައި ސޭމް ވޯތިންޓަން، ޒޮއީ ސަލްޑާނާ އަދި ސިގޯނީ ވީވާ ހިމެނެ އެވެ.
އެވެންޖާސް: އެންޑްގޭމް (2019)
ޑިޒްނީ އަދި މާވެލް އިން 2.8 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "އެވެންޖާސް: އެންޑްގޭމް" އަށް ބޮކްސް އޮފީހުގައި މިހާތަނަށް 2.79 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވެ އެވެ. މި ފިލްމު ވަނީ ބޮކްސް އޮފީހުގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުތަކުގެ ތެރެއިން ދެވަނަ މަގާމު ގައެވެ.
މި ފިލްމްގެ މެއިން ކާސްޓްގައި ރޮބަޓް ޑައުނީ ޖޫނިއާ، ކްރިސް އެވަންސް، ކްރިސް ހެމްސްވޯތް، މާކް ރަފަލޯ، ސްކާލެޓް ޖޮހޭންސަން، ޖެރެމީ ރެނާ، ޑޮން ޗީޑްލް، އެންތަނީ މެކީ، ޓޮމް ހޮލެންޑް، ޗެޑްވިކް ބޯޒްމަން، ބެނެޑިކްޓް ކަމްބާބެޗް، ޕޯލް ރަޑް، ބްރީ ލާސަން، ކްރިސް ޕްރެޓް އަދި އެތައް ތަރިންނެއް ހިމެނެ އެވެ.
އެވެޓާ: ދަ ވޭ އޮފް ވޯޓާ (2022)
ޑިޒްނީ ސްޓޫޑިއޯސްއާ ގުޅިގެން ޖޭމްސް ކެމެރަންގެ "އެވެޓާ"ގެ ސިކުއެލް، "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އޭނާ ހެދީ 350-460 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
މި ފިލްމަށް ބޮކްސް އޮފީހުގައި މިހާތަނަށް 2.32 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވެ އެވެ. މި ފިލްމު ވަނީ ބޮކްސް އޮފީހުގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުތަކުގެ ތެރެއިން ތިންވަނަ މަގާމުގައެވެ. މި ފިލްމުގެ މެއިން ކާސްޓްގައި ސޭމް ވޯތިންޓަން، ޒޮއީ ސަލްޑާނާ އަދި ސިގޯނީ ވީވާ ހިމެނެ އެވެ.
ޓައިޓޭނިކް (1997)
ޑިޒްނީ ސްޓޫޑިއޯސްއާ ގުޅިގެން ޖޭމްސް ކެމެރަން "ޓައިޓޭނިކް" ހެދީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
މި ފިލްމަށް ބޮކްސް އޮފީހުގައި މިހާތަނަށް 2.26 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވެ އެވެ. މި ފިލްމު ބޮކްސް އޮފީހުގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުތަކުގެ ތެރެއިން ހަތަރު ވަނައިގައި މިހާރު ވާއިރު، މިއީ 1997 އިން ފެށިގެން 2009 ގައި "އެވެޓާ" ރިލީޒްކުރަންދެން އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ މަގާމު ދެމެހެއްޓި ފިލްމެވެ. މި ފިލްމުގެ މެއިން ކާސްޓްގައި ލިއޮނާޑޯ ޑިކެޕްރިއޯ، ކޭޓް ވިންސްލެޓް އަދި ބިލީ ޒޭން ހިމެނެ އެވެ.
ސްޓާ ވޯސް: ދަ ފޯސް އަވޭކަންސް (2015)
ޑިޒްނީ ސްޓޫޑިއޯސްގެ "ސްޓާވޯޒް" ފްރެންޗައިޒްގެ ހަތްވަނަ ފިލްމު ހެދީ 447 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
މި ފިލްމަށް ބޮކްސް އޮފީހުގައި މިހާތަނަށް ދެ ބިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވެއެވެ. މި ފިލްމު ވަނީ ބޮކްސް އޮފީހުގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުތަކުގެ ތެރެއިން ފަސް ވަނައިގައެވެ.
މި ފިލްމުގެ މެއިން ކާސްޓްގައި މާކް ހެމިލް، ކެރީ ފިޝާ، ހެރިސަން ފޯޑް، އެޑަމް ޑްރައިވާ، ޑޭޒީ ރިޑްލީ، އޮސްކާ އައިސޭކް، ލުޕީޓާ ނިޔެންގޯ އަދި އެންތަނީ ޑެނިއަލްސް ހިމެނެ އެވެ.
އެވެންޖާސް: އިންފިނިޓީ ވޯ (2018)
ޑިޒްނީ އަދި މާވެލް އިން 325-400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "އެވެންޖާސް: އިންފިނިޓީ ވޯ" އަށް ބޮކްސް އޮފީހުގައި މިހާތަނަށް 2 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވެ އެވެ.
މި ފިލްމަކީ ބޮކްސް އޮފީހުގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުތަކުގެ ތެރެއިން ހަވަނަ ފިލްމެވެ.
މި ފިލްމުގެ މެއިން ކާސްޓްގައި ރޮބަޓް ޑައުނީ ޖޫނިއާ، ކްރިސް އެވަންސް، ކްރިސް ހެމްސްވޯތް، މާކް ރަފަލޯ، ސްކާލެޓް ޖޮހޭންސަން، ޖެރެމީ ރެނާ، ޑޮން ޗީޑްލް، އެންތަނީ މެކީ، ޓޮމް ހޮލެންޑް، ޗެޑްވިކް ބޯޒްމަން، ބެނެޑިކްޓް ކަމްބާބެޗް، ޕޯލް ރަޑް، ބްރީ ލާސަން އަދި އެތައް ތަރިން ހިމެނެ އެވެ.
ސްޕައިޑަމޭން: ނޯ ވޭ ހޯމް (2021)
ޑިޒްނީ އަދި މާވެލް އިން 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ސްޕައިޑަމޭން" ފްރެންޗައިޒްގެ "ސްޕައިޑަމޭން: ނޯ ވޭ ހޯމް" އަށް ބޮކްސް އޮފީހުގައި މިހާތަނަށް 1.92 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވެ އެވެ.
މި ފިލްމަކީ ބޮކްސް އޮފީހުގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުތަކުގެ ތެރެއިން ހަތްވަނަ ފިލްމެވެ.
މި ފިލްމްގެ މެއިން ކާސްޓްގައި ޓޮމް ހޮލެންޑް، ޒެންޑާޔާ، ބެނެޑިކްޓް ކަމްބާބެޗް، ޖޭކަބް ބެޓެލަން، ޖޮން ފެވްރޫ، މެރިސާ ޓޮމޭ، ޖޭމީ ފޮކްސް، ވިލެމް ޑެފޯ، އަލްފްރެޑް މޮލީނާ، އެންޑްރޫ ގާފީލްޑް، ޓޯބީ މެގުއަޔާ، ބެނެޑިކްޓް ވޮންގް އަދި ރީސް އިފަންސް ހިމެނެ އެވެ.
ޖުރޭސިކް ވޯލްޑް (2015)
ޔުނިވާސަލް ޕިކްޗާޒްގެ އިން 150-215 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި " ޖުރޭސިކް ޕާކް" ފްރެންޗައިޒްގެ "ޖުރޭސިކް ވޯލްޑް" އަށް ބޮކްސް އޮފީހުގައި މިހާތަނަށް 1.67 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވެ އެވެ.
މި ފިލްމަކީ ބޮކްސް އޮފީހުގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުތަކުގެ ތެރެއިން އަށްވަނަ ފިލްމެވެ. މި ފިލްމުގެ މެއިން ކާސްޓްގައި ކްރިސް ޕްރެޓް، ބްރީސް ޑެލާސް ހަވޯޑް އަދި ވިންސެންޓް ޑިނޯފްރިއޯ ހިމެނެ އެވެ.
ދަ ލަޔަން ކިންގް (2019)
ޑިޒްނީ އަދި މާވެލް އިން 220-225 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "އެވެންޖާސް: އިންފިނިޓީ ވޯ" އަށް ބޮކްސް އޮފީހުގައި މިހާތަނަށް 1.52 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވެ އެވެ.
މި ފިލްމަކީ ބޮކްސް އޮފީހުގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމްުތަކުގެ ތެރެއިން 10 ވަނަ ފިލްމެވެ.
މި ފިލްމް ރިލީޒްވުމުން އެއިރުގެ އެތައް ރިކޯޑްތަކެއް މުގުރާލާފައިވެ އެވެ. މި ފިލްމުގެ މެއިން ކާސްޓްގައި ރޮބަޓް ޑައުނީ ޖޫނިއާ، ކްރިސް އެވަންސް، ކްރިސް ހެމްސްވޯތް، މާކް ރަފަލޯ، ސްކާލެޓް ޖޮހޭންސަން، ޖެރެމީ ރެނާ، ސެމިއުލް އެލް ޖެކްސަން އަދި އެތައް ތަރިންނެއް ހިމެނެ އެވެ.