ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން މިއަދު ބަލައިގެންފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މއ. މާވެޔޮވިލާ ހަސަން ޒަމީލުގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުން ބަލައި ޗެކްކުރިއިރު ގާނޫނުގައިވާ ގޮތުގެ މަތީން ޒަމީލުއަކީ ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާ ބޭފުޅެއް ކަމުގައި ބަލައި ކެންޑިޑެސީ ފޯމު އެ ކޮމިޝަނުން ގަބޫލުކޮށްފައިވާ ކަމަށެވެ.
އިންތިހާބުގައި ވާދަކުރެއްވުމަށް ޒަމީލު ކެންޑިޑެސީ ފޯމު ހުށަހެޅުއްވީ އިއްޔެ އެވެ. ޒަމީލުގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަނބިކަނބަލުން މަރިޔަމް އަލީމެވެ.
ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވި ޒަމީލު އެންމެފަހުން ހުންނެވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގަ އެވެ.
މަރިޔަމް އަލީމް ވަނީ ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. މަރިޔަމް އަލީމް އެންމެ ހުންނެވީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިސް މަގާމެއްގަ އެވެ.