އައި ކެއާ

އައިކެއަރއިން ހެލްތު ސެންޓަރު ތަކަށާއި ހޮސްޕިޓަލްތަކަށް ފޭސް މާސްކް ހަދިޔާކޮށްފި

Aug 9, 2023

މާލެއާއި ކައިރި ރަށްތަކުގައި ފެތުރެމުންދާ ނޮރޮވައިރަސްއިން ރައްކާތެރިވުމަށް އައިކެއަރއިން ހެލްތު ސެންޓަރުތަކަށާއި ހޮސްޕިޓަލްތަކަށް ފޭސް މާސްކް ހަދިޔާކޮށްފިއެވެ. މީގެ ތެރޭގައި އައި.ޖީ.އެމް ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލްގެ އިތުރުން ކ.އަތޮޅު ދިއްފުށި, ހުރާ, ގާފަރު, ގުޅި، ތުލުސްދޫ އަދި ގުރައިދޫ ސިއްހީ މަރުކަޒު ހިމެނެއެވެ.

އައިކެއަރއިން މާސްކް ހަދިޔާ ކޮށްފައިވަނީ ޕާރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) އަކީ ނޮރޮވައިރަސް ފެތުރެމުންދާއިރު ސިއްހީ ދާއިރާގެ ކުރީސަފުގައި ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ހިދުމަތްތެރިންނަށް ބޭނުންހުރި އެއްޗެއްކަމަށްފެންނާތީ އެފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. އަދި މުޖުތަމައުގައި ބަލިތަކުން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކުރުމުގެ ރޫހު އުފެއްދުމުގެ ގޮތުންނެވެ.

އައިކެއަރ އަކީ އަމިއްލަ ފަރުދުންނާއި ކަމާބެހޭ އިދާރާތަކާއި ގުޅިގެން އާންމު ދުޅަހެޔޮކަން ޕްރޮމޯޓް ކުރުމުގެ އިޖްތިމާއީ ޒިންމާއަދާކުރަމުންދާ ކުންފުންޏެކެވެ. ސިއްހީ ހިދުމަތްދޭ ފަރާތަތްކާއި ގުޅިގެން އައިކެއަރއިން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އާންމު ސިއްހީ ހާލަތައް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް އައިކެއަރއިން އުއްމީދުކުރެއެވެ.

އައިކެއަރގެ އިސްނެގުމާއެކު މުޖުތަމައުއާއިއެކު ހިންގާ އިތުރު ހަރަކާތްތަކުގެ މައުލޫމާތު އައިކެއަރގެ ވެބްސައިޓް eyecare.mv ގައިވާނެއެވެ.