ޓޫރިޒަމް

ވިލާގެ ވާވެއްދިފަޅު 350 މިލިއަން ރުފިޔާއަށް ވިއްކާލައިފި

Aug 10, 2023

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ ކ. ވާވެއްދިފަޅު 350 މިލިއަން ރުފިޔާއަށް ވިއްކާލައިފި އެވެ.

ކ. ވާވެއްދިފަޅު ގަތް ވޮލްޑޯފް އެސްޓޯރިއާ އިތާފުށީގެ ފަރާތުން ޓްރާންސްފާ އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ އެއް އޯނަރު މުހައްމަދު އަލީ ޖަނާހު އެވެ. ވިލާ ގްރޫޕުގެ ފަރާތުން ސޮއިކުރީ ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް އެވެ.

ވިލާ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައި އޮތް ވާވެއްދިފަޅު ވިއްކަން އުޅުމުން އެކަން ހުއްޓުވުމަށް އެންޓި ކޮރަޕްޝަން ކޮމިޤޝަން (އޭސީސީ) އިން މީގެ ކުރިން އެންގި އެވެ.

އޭސީސީން އޭރު ބުނި ގޮތުގައި ފަޅު ވިއްކުން ހުއްޓުވީ ފަޅާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާތީ އެވެ. ގާސިމް މި ފަޅު ވިއްކާލެއްވީ އޭސީސީގެ އެ އެންގުން ބާތިލުކުރުމުންނެވެ.