ހުޅުމާލެ

ހުޅުމާލެ އިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

Aug 10, 2023

ހުޅުމާލެ އިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ މިމައްސަލަ ރިޕޯޓްކޮށްފައިވާތީ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ގެއްލިގެން ހޯދަމުންދާ ކުއްޖާގެ ފޮޓޯއަކާ އެކު އާންމު މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ކުއްޖާ ގެއްލިފައިވަނީ އިއްޔެ އިރުއޮއްސި 6:00ގެ ފަހުން ކަމަށެވެ.

ކުޑަކުދިން ގެއްލިގެން ހޯދަންޖެހުން މިފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިމައްސަލަ ދިމާވާ ސަބަބުތަކާ ގުޅޭގޮތުން ކަމާ ގުޅޭ އިދާރާތަކުން ވާހަކައެއް ނުދައްކަ އެވެ.