ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެމްޕޭނަށް ރައީސް ނ. އަތޮޅަށް

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނ. އަތޮޅަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހު މިއަދު ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ނ. މާފަރަށެވެ.

ނ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ 13 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމު މުހައްމަދު އާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެ އެވެ.

ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ސޯލިހު ވަޑައިގަންނަވާ ރަށްތައް

  • ނ. މާޅެންދޫ
  • ނ. ކުޑަފަރި
  • ނ. ހެނބަދޫ
  • ނ. ކެނދިކުޅުދޫ
  • ނ. މަނަދޫ
  • ނ. ޅޮހި
  • ނ. މިލަދޫ
  • ނ. މަގޫދޫ
  • ނ. ހޮޅުދޫ
  • ނ. ފޮއްދޫ
  • ނ. ވެލިދޫ
  • ނ. ލަންދޫ
  • ނ. މާފަރު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު މިހާތަނަށް ވަނީ ހއ. ށ. ވ، މ، ދ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ.

މީގެ އިތުރުން ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކަށް ރައީސް ސޯލިހު ވަޑައިގެންނެވި އެވެ.