ކެނދިކުޅުދޫ

ކެނދިކުޅުދޫ 30 އެނދުގެ ހޮސްޕިޓަލްގެ ބިންގާ އަޅައިފި

ނ. ކެނދިކުޅުދޫގައި 30 އެނދުގެ ހޮސްޕިޓަލެެއް އެޅުމަށް ބިންގާ އަޅައިފި އެވެ.

މިމަޝްރޫއު ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހަވީރު ކެނދިކުޅުދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައެވެ.

ކެނދިކުޅުދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

މިމަޝްރޫއު މިއަހަރުގެ ފެބްރުއަރީ މަހު ހަވާލުކޮށްފައިވަނީ ސަސް އީ ކޮންސްޓްރަކްޝަން އަށެވެ.

ރައީސް ސޯލިހް މިއަދު ވިދާޅުވީ މިމަޝްރޫއު ނިންމަން ދީފައިވާ މުއްދަތުގެ ކުރިން މިމަސައްކަތް ސަސް ކުންފުނިން ނިންމާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެ.

މިމަޝްރޫއުގައި ހޮސްޕިޓަލްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ވެސް ހިމެނެ އެވެ. މިމަޝްރޫއަށް 193.9 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވެ އެވެ.