ފިނިޕޭޖް

ހަވާއީގެ އަލިފާނުގެ ކާރިސާއަށް ޖެފް ބޭޒޯސް އެހީވަނީ

އެމެރިކާގެ ހަވާއީގެ މައޫއީގައި ފެތުރެމުންދާ އަލިފާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެމެޒޯންގެ ޖެފް ބޭޒޯސް އާއި ލޯރަން ސަންޗޭޒް 100 މިލިއަން ޑޮލަރުގެ އެހީ ދީފި އެވެ.

ލޯރަން އިންސްތަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އަލިފާނުގެ ކާރިސާއާ ގުޅިގެން އޭނާއާއި ޖެފް ހިތްހަލާކުވެއްޖެ ކަމަށާއި އެ ކާރިސާއިން އަރައިގަތުމަށް ކުރިއަށް އޮތް އަހަރުތަކަށް އެހީ ދޭނެ ކަމަށެވެ. އެންޓަޓޭންމަންޓް ރިޕޯޓާ ލޯރަން އަކީ ޖެފްގެ ލޯބިވެރިޔާ އެވެ.

"މިވަގުތުގެ ބޭނުންތައް މުހިއްމުވާއިރު، ހުރިހާ ސަމާލުކަމެއް މިކަމަށް ނެތިގެން ދިޔަޔަސް ދުރާލާ ތަންތަން ބިނާކުރުންވެސް މުހިއްމު. ޖެފް އާއި އަހަރެން މައޫއީ ފަންޑެއް އުފައްދާ 100 މިލިއަން ޑޮލަރު މައުއީ އަނެއްކާ ބިނާކުރުމަށް ދޭނަން."

މައުއީއާކީ ޖެފްއަށް އާ ރަށެއް ނޫނެވެ. މައުއީގައި ޖެފް 2021 ވަނަ އަހަރު ގަނެފައިވާ ބޮޑު ގެއެއް ވެސް ހުރެ އެވެ.

ޖެފް އާއި ލޯރަން ފަދައިން ގިނަ ސެލެބްރިޓީން ވެސް އަންނަނީ އެކި ގޮތްގޮތުން މައުއީގެ މި ކާރިސާއަށް އެހީވަމުންނެވެ.

ހޫނު މޫސުމުގެ ދުވަސްވަރު، ވާރޭ ނުވެހި ގިނަ ދުވަސް ވުމުން ހިކިފައިވާ ގަސްތަކުގައި ރޯވެ، ބާރުގަދަ ވަޔާއި ވައިގައި ތެއްކަން މަދުވުމުގެ ސަބަބުން މި އަލިފާންގަނޑު ފެތުރެމުން ގޮސް އަލިފާނުގެ ބޮޑު ކާރިސާއަކަށް ބަދަލުވީ އެވެ. މިގޮތުން މިއީ ހަވާއީ ސްޓޭޓްގެ ތާރީހުގައި ދިމާވި އެންމެ ބޮޑު ގުދްރަތީ ކާރިސާ އެވެ.

މިކާރިސާގައި މިހާތަނަށް 93 މީހުން މަރުވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.